Blue

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އުފެދިގެން ދިޔައީ 17 ޑިސެންބަރު 2020 ދުވަހު ރައީސުލްޖުމްހޫރިއްޔާ އިންތިޤާލީ އިންސާފުގެ ޤާނޫނު ތަސްދީޤުކުރައްވުމުންނެވެ. އަދި 15 ޖެނުއަރީ 2021 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާވަނީ މި އޮފީހަށް ޗީފް އޮމްބަޑްސްޕަރސަނަކާއި، 2 އޮމްބަޑްސްޕަރސަނުން ޢައްޔަންކުރައްވާފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަޤްޞަދަކީ ދައުލަތުގެ މުއައްސަސާތަކުން، ދިވެހިރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ދެނެގަނެ، އެފަދަ ކަންތައްތައް ތަޙުޤީޤުކޮށް ޙަޤީޤަތާ ހަމައަށް ވާޞިލްވުމެވެ. އަދި އެފަދަ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވައި އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއި ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައްކޮށް ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީ